logo

މާލޭ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަން މީކާއީލަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް ހެންވޭރު މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު އިންތިހާބުވެއްޖެ އެވެ.

ކައުންސިލްގެ އާ ދައުރަކަށް މިއަދު ހުވާކުރި މާލެ ކައުންސިލުގެ މެޖޯރަޓީގައި އޮތީ އެމްޑީޕީ އެވެ. ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މި ކައުންސިލުގައި ތިއްބަވަނީ ދެ މެމްބަރުންނެވެ. މިއަދު އައު ދައުރު ފެށުނު ފަސްވަނަ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ ( މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ އަދި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ ވަނީ ކުރިމަތިލާފައެވެ.

މާލޭ ސިޓީ ކައުންސިލްގައި މޭޔަރު ހިމެނޭ ގޮތަށް 18 ކައުންސިލަރުން ތިއްބަވާއިރު، ޖުމްލަ 15 ބޭފުޅުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ.

މިދިޔަ މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު މެމްބަރުންނާއި ޑަބްލިއުޑީސީ މެމްބަރުން ވަނީ މިއަދު ހެނދުނު މަގާމުގެ ހުވާ ކުރައްވައިފައެވެ

ad