logo

ވައި.ޑީ ވިލި އީދު ފޯރި ވަރަށް ފޯރިގަދަ، ތަފާތު ކުޅިވަރުތަކާއެކު ސަގާފީ ހަރަކާތްތައް ދައްކުވައިދޭ، ވައިޑީން އެދެނީ ކުޅިވަރުބެލުމަށް މާލޭގައި މަޑުކުރަން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ކުރިއަށް އޮތް އަޟްހާ އީދަށް ތައްޔާރުވުމުގެ ގޮތުން "ވައި.ޑީ ވިލި އީދު ފޯރި 1447" ނަމުގައި ޔޫތު ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް (ވައި.ޑީ.އެސް.ސީ) އިން އީދަށް ވެފައިވާ ތައްޔާރީތައް ދިވެހިޗެނަލާއި ހިއްސާ ކޮށްފިއެވެ.

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ކުލަގަދަކޮށް އިދު ފާހަގަކުރަން ޔޫތު ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް (ވައި.ޑީ.އެސް.ސީ) އިން ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ވައިޑީ އީން އިންތިޒާމްކޮށްގެން މިފަހަރު ވިލިމާލޭގައި އަޟްހާ އީދާއި ގުޅުވައިގެން އެކި ކަހަލަ ކުޅިވަރުތައް ވަނީ ރާވާފައެވެ. މިހާރު އީދު ކުޅިވަރުތަކަށް ތައްޔާރުވުމުގެ ގޮތުން ވައި.ޑީ ވިލި އީދު ފޯރި، ފޯރިއާއެކު ދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ވައިޑީ ކްލަބުން ދިވެހި ޗެނެލަށް މައުލޫމާތު ދެމުން ބުނީ މިފަހަރު އީދު ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދާނެ ކަމަށާއި، ހަތަރުބަޔަކަށް ބަހާލައިގެން ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ދަނީ ފަރިތަކުރުންތަކަށް ތައްޔާރު ވަމުން ކަމަށާއި، އެކި ގަޑި ތަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިންގެ މެދުގަ ވަރަށް ބޮޑަށް ފޯރި އެބަހުރި ކަމަށެވެ. މއީ ޖޯޝް ގެނުވޭ ހަރަކާތްތައް ދައްކުވައިދޭނެ އީދެއް ކަމަށްވެސް ވައިޑީ އިން ބުނެފައެވެ.

ވައި.ޑީ.އެސް.ސީ އިން އިންތިޒާމުކުރާ ފަސް ދުވަހުގެ މި އަޟްޙާ އީދު ހަރަކާތްތައް ވިލިމާލޭގައި ކުރިއަށްދާނީ 26 މޭ އިން 30 މެއި ގރ ނިޔަލަށެވެ. މި ހަރަކާތުގައި އާއިލާތަކާއި އާންމު ރައްޔިތުން ބައިވެރިކުރުވުމަށް އަމާޒުކޮށްގެން ސަގާފީ، މުނިފޫހިފިލުވުމުގެ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިމެނޭނެ ކަމަށް އެ ކްލަބުން ވަނީ ފާހަގަ ކޮށްފައެވެ.

ކުރިއަށް އޮތް އަޟްޙާ ޢީދުބަންދާ ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ "ވައި.ޑީ ވިލި އީދު ފޯރި 1447" ގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓް ޕާޓްނަރަކީ ދިވެހި ޗެނެލެވެ.

ad