އައު އަހަރާ ދިމާކޮށް ބޭންކުތައް ބަންދުވާނެ ކަމަށާއި، އެކަމަކު ހިދުމަތް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ އެ ބެންކުގެ ހިދުމަތް ވަނީ އާ އަހަރާއި ދިމާކޮށް ހަތަރު ދުވަހަށް ބަންދުކުރަން ނިންމާފަ ކަމަށާއި، އެއީ ޑިސެމްބަރު 31 ހުން ފެށިގެން ޖެނުއެރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބެންކު އަލުން ހުޅުވާނީ ޖެނުއެރީ މަހުގެ 4 ވަނަ ދުވަހަށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުުނެފައެވެ.
ބިއެމްއެލް އިން އާ އަހާރާއި ދިމާކޮށް ބެންކް ބަންދު ކުރާއިރު ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމި އޮޑިޓް އެކުލަވާލުމަށް ބެންކު ބަންދުކުރެއެވެ. އެގޮތުން އަހަރުގެ ފަހު ހަފްތާގައި ބަންދު ކުރިނަމަވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެޑި ލިބޭނެ އިމްތިޒާމް ހަމަޖައްސާންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބެންކުން ވަނީ ބުނެފައެވެ.

