logo

ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ވޯޓަށް ފަށާފައި ނިމުނީމަ ހުއްޓާލާ ގޮތަކަށް ނޫން: މުއްތަލިބު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ވޯޓަށް ފަށާފައި ހުއްޓާލާ ގޮތަކަށް ނޫން ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މުއްތަލިބް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރިއަށް ގެންދަނީ ވޯޓަކަށް މަސައްކަތް ފަށާފައި، ވޯޓް ނިންމާގޮތަށް ނޫން ކަމަށާއި، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ. މި ރައްޔިތުންނަށް ވައުދެއްވެއްޖިއްޔާ އެ ކަމެއް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވީ ތ. އަތޮޅު ގާދިއްފުށީގައި ބިން ހިއްކަން ފެށުމާއި އެކު އެމަސައްކަތް ކުރިއަށްދާ ގޮތަށެވެ. އެގޮތުން ވިދާޅުވީ ހަމަ އެ ދުވަހު އިންތިހާބު ނިމުމާއެކު ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަން ފެށީ މަސައްކަތް ކުރިއަށްދާ ގޮތް އޮޅުވާލުމަށް ކަމަށެވެ. ނަމަވެސް މަޝްރުއު ހުއްޓާލައިފިކަމަށް ދައްކަން އުޅުނަސްއެކަން ނުހުއްޓާ ކަމަށެވެ.

އެގޮތަށް ވާހަކަ ދެއްކީ ސިޔާސީ ބޭނުމަކުކަން ސިފަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން އެ ރަށުން ޕީއެންސީއަށް މެޖޯރިޓީއެއް ނުލިބެޭ ކަމަށާއި، އަދި އެންމެ ގޮނޑިއެއް ވެސް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް ބިންހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށ ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ad