logo

އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނެގި މީހަކު ހޯދަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ އާވާޒް/ ޅ. ހިންނަވަރު، މުޙައްމަދު ޤާސިމް (30އ) އެވެ. މުޙައްމަދު ޤާސިމް ހޯދަމުންދަނީ ހުޅުމާލެ އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ވީމާ މުޙައްމަދު ޤާސިމްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.

ad