"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަމުން ދާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ،
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް، ރާޅެއް އަރައިގެން ދިޔަވެ، ބަނޑުން ޖަހާލައިގެން އަޑިއަށް ދިޔަ މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ، 22:37 އެހާކަންހާއިރެވެ.
މި ހާދިސާގައި ގެއްލިފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވިސްގައި މަސައްކަތް ކުރައްވާ، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
އެ މީހުން ގެއްލިފައި ވަނީ ސަޕްލައި ދޯނި ދިޔަވާތީ ފެން ހިއްކަން އެ މީހުން ތިއްބާ ދޯނި އަރި އަޅައިގެން ކަނޑުވެގެންނެވެ.
އެ މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާކަން ހާމަކޮށް ހާރިޖީ ވުޒާރާއިން ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދާ މީހުންގެ ހޯދުމުގެ އޮޕަރޭޝަނަށާއި، އަޑިއަށް ގޮސްފައިވާ އުޅަނދާ ގުޅޭ ކަންކަމުގައި ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާކަން ހާމަކޮށް ހާރިޖީ ވުޒާރާއިން ބުނީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދާ މީހުންގެ ހޯދުމުގެ އޮޕަރޭޝަނަށާއި، އަޑިއަށް ގޮސްފައިވާ އުޅަނދާ ގުޅޭ ކަންކަމުގައި ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ މިވަގުތު ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށާއި، އެކަމުގައި ބޭރުގެ އެހީތެރިކަން ހޯދަމުން ދާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުން ދަނީ، ގެއްލުނު މީހުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށެވެ. އަދި އަޑިއަށް ދިޔަ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް އެހީތެރިކަން ހޯދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ޚާރިޖީ ވުޒާރާއިން ދެއްވާފައިވެއެވެ.
އެމްއެންޑީއެފުން ހިއްސާކުރައްވާފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 7400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. އެއީ ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދު ކަމަށް ބުނެއެވެ.
"ފްރެންޑް 4" ދޯނި އަޑިއަށް ގޮސްފައިވަނީ މިމަހުގެ 5 ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.
ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު، އަދި ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލީގެ އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.

