logo

16 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ ބުނީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީކުށުގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ ޖުލައި 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މިއީ ކުޑަކުއްޖަކާ ގުޅޭ މައްަސަލައަކަށްވާތީ މިމައްސަލަ އާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ad