logo

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް، ހިނގާ އެކަކު ނިޔާވެއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިއަދު ހަވީރު 15:57 އެހާކަންހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ، ފިރިހެނެކެވެ.

އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ލޮރީ ދަށުވެ، ބޯ ވަނީ ޗިސްވެފައެވެ.

އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ad