"ޕެޗީ" މެދުވެރިކޮށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ތަކެތި ގަނެވޭނެ އިންތިޒާމު އެ ކުންފުނިން ޖައްސާފިއެވެ.
މީގެ ސަބަބުން ޑޮލަރުން ފަސޭހަކަމާއެކު އޮންލައިންކޮށް ވިޔަފާރިކުރެވޭނެއެވެ.
މި މަންސައަކީ ފެންވަރު ރަނގަޅު ދަބަހާއި، ފައިވާނާއި، އެކި ބާވަތުގެ އިލެކްޓްރޯނިކްސް ސާމާނު އަދި ގެޖެޓުތައް ހެޔޮ އަގުގައި ވިއްކާ ތަނެކެވެ. ޕެޗީއިން ބުނާ ގޮތުގައި އިތުބާރު ހިފޭ އުފެއްދުންތައް އެތަނުން ލިބެއެވެ
ޕެޗީގެ ވެބްސައިޓުގައިވާ ގޮތުން، އޯޑަރު ކުރާ މުދާ 10 ދުވަހާއި 15 ދުވަހާ ދޭތެރޭގެ މުއްދަތެއްގައި ކަސްޓަމަރުންނަށް ޑެލިވާކޮށްދޭނެއެވެ. އަދި ވެބްސައިޓުގައި ފެންނަން ހުންނަ އަގުތަކަކީ ޑެލިވަރީ ފީ ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ އަގުތަކެއް ކަމުން، މުދަލުގެ ޖުމްލަ އަގުގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖެއަށް މުދާ ގެނައުމާއި ޑެލިވަރީގެ ހިދުމަތް ޕެޗީއިން ފޯރުކޮށްދެނީ ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ "ރެޑް ބޮކްސް" އާ ގުޅިގެންނެވެ. މިއީ އިތުބާރާއެކު އަވަހަށް މުދާ ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ މަންސައިން ފާހަގަކުރެއެވެ.
އަމިއްލަ ކުންފުންޏަކުން ރުފިޔާއިން ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދީފައިވާއިރު، ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.


