އާރްޓީއެލްގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމުގެ މަަަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފިހުގަ މިއަދު އޮތް ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މިހެން ވިދާޅުވީ ދިވެހިޗެނަލުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަނީ އާރްޓީއެލްގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމަށްކަމަށެވެ.
އެގޮތުން އާރްޓީއެލް ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރަން މަސައްކަތްކުރާކަމެއް ކަމަށާއި، ކަނޑައެޅި ޓާގެޓަށް ނިންމުމުގަ ޑިލޭތަކެއް އައިސްފައިވާ ކަމަށެވެ. މިހާލަތައް އައީ ހަނގުރާމައިގެ ހާލަތުގަ ރާއްޖެއަށް ވެސް ދިމާވި ދަތިތައް ފައިސާ ޚަރަދުކުރުމުގަ އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގައި ކަމަށާއި، ބައެއް ކަންކަން މަޑުޖެހިފައި އެބަހުރިކަމަށެވެ. އަދި މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގަ އަވަހަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް ވެސް ރައީސް ވިދާޅުވިއެވެ.
2022ވަނަ އަހަރު ފެށި މި ޚިދުމަތް ރާއްޖޭގެ 145 ރަށަކަށް ދަނީ ލިބެމުންނެވެ.

.jpg&w=256&q=75)
