logo

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޙަފުލާއަށް ދަޢުވަތު ނުލިބޭ ތީ ރައީސް ނަޝީދުގެ ކަންބޮޑުވުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޙަފުލާއަށް ދަޢުވަތު ނުލިބޭ ފުރަތަމަ ފަހަރު ކަން ހާމަ ކުރައްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދު ނަޝީދު ވިދާޅުވީ މަދަރުސާގައު އުޅުނު އިރުންފެށިގެން މިއަދާ ހަމައަށް، މިނިވަން ދުވަހުގެ ރަސްމީ ޙަފުލާއަކަށް ދަޢުވަތު ނުލިބޭ މިއީ ފުރަތަމަ ފަހަރު ކަމަށާއި، ކުރީގެ އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ އެމަނިކުފާނު ޖަލު ބަންދުގައި ހުންނެވި ދުވަސްވަރު ވެސް، މިފަދަ ގައުމީ ރަސްމިއްޔާތުތަކަށް އަބަދުވެސް ދަޢުވަތު ލިބެމުންދާ ކަމަށެވެ.

ދައުލަތުގެ މުހިންމު މުނާސަބަތުތަކުގައި ކުރީގެ ރައީސުންނަށް ދަޢުވަތު އެރުވުމަކީ ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ އުސޫލެކެވެ. ނަމަވެސް، މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާއަށް އެމަނިކުފާނަށް ދަޢުވަތު ނުލިބުމުން އެކަމުގެ ހައިރާންކަން ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒާއި އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތަކީ ގައުމީ ފެންވަރުގައި ބޭއްވުނު ބޮޑު ޙަފުލާއެވެ. މިއަދު ފާހަގަ ކުރަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހެވެ.

ad