ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 133 ފުލުހަކު މަގާމުގެ ހުވާ ކުރައްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުއާއި، ސާވިސް ޑިވެލޮޕްމަންޓް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. މީގެ ތެރޭގައި، ސްޕެޝަލް ކޮންސްޓެބުލަރީ 64 ފުލުހުން ހިމެނެއެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.


