ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ދަނީ ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމެރިކާގެ ނޭވީގެ ބޮއިން P-8A ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް މަތިންދާ ބޯޓު ވަނީ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެ މަތިންދާ ބޯޓު ދަތުރު ކުރަމުންދިޔައީ 1،500 ފޫޓު ތިރިންެ ކަމަށް އެޕުން ދައްކައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯއިންގް ޕީ-8 އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިއަދު ހަރަކާތްތެރިވަމުންދާއިރު، މި އޮޕަރޭޝަންގައި އެމެރިކާ ސިފައިން ބައިވެރިވުމާއި ގުޅޭ ގޮތުން އަދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މައުލޫމާތު ހާމަ ނުކުރެއެވެ.
ފްލައިޓް ޓްރެކިންގް ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފްލައިޓް ދަނީ ކަނޑުގެ ވަކި ސަރަހައްދެއްގައި ތަކުރާރުކޮށް ބުރުޖަހަމުންނެވެ.
މި ފްލައިޓް ރާއްޖެ އައިސްފައި ވަނީ ޑިއޭގޯ ގާސިއާއިންނެވެ.
ތިން މީހުން ހޯދުމަށް ބައިނަލްއަގުވާމީ އެހީއަށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން އެދިފައެވެ.

.jpg&w=256&q=75)
