މާލެއިން ށ.ފުނަދޫއަށް ކުރާ މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފިއެވެ.
މި ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއަކު އާދީއްތަ، އަންގާރަ، އަދި ބުރާސްފަތިދުވަހާއި، ހޮނިހިރު ދުވަހުއެވެ. އެގޮތުން ހަފްތާއަކު 4 ދުވަހު މިދަތުރުތައް ކުރާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު ހުޅުވި އެއާރޕޯޓް އެކެވެ.
ފުޅާމިނުގައި 30 މީޓަރު ހުންން އެ އެއާރޕޯޓްގެ ދިގުމިނުގައި 1،200 މީޓަރު ހުރެއެވެ.
ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.


