logo

މީޑިއާތަކުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދިޔާމާ އިބްރާހިމް
5 ގަޑިއިރު ކުރިން

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްބީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ކަމަށް މި އިއުލާންގައި ހާމަކޮށްފައިވެއެވެ.

View post on Twitter

މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށައެޅުމަށްޓަކައި ބޭނުންކުރާނީ "ވަންގަވް" ތެރޭގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މާލީ އެހީތެރިކަމަށް އެދުމުގެ އުސޫލު ކުރިން އޮތް ގޮތުން، އެހީއަށް އެދެވޭނީ ރަޖިސްޓްރީކޮށް ހިންގާތާ ތިން އަހަރު ވުމުންނެވެ. ނަމަވެސް، މި ފަހަރު ގެނައި ބަދަލާއެކު، މީޑިއާއެއް ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރުވުމުން ވެސް މާލީ އެހީއަށް އެދެވޭނެ އެވެ.

މި އަހަރުގެ ބަޖެޓުގައި މީޑިއާތަކަށް ދިނުމަށް 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އުސޫލުގައިވާ ގޮތުން މީޑިއާތަކަށް ދޭނީ ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ.

ad