logo

މަރުގެ އަދަބު ތަންފީޛުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
7 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ ބެއްލެވުމުގެ ދަށުން މިހާރު ކުރިއަށްދާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލު އަދި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނުގައި ވަނީ، މި ދެ ބިލާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅުއްވަން އެދިވަޑައިގަންނަވާނަމަ، 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ޙިއްޞާކުރެއްވުމަށް އެދިފައެވެ.

އެގޮތުން ޚިޔާލު ފޮނުއްވުމަށް ޓަކައި ޖުޑީޝިއަރީ ކޮމިޓީގެ އީމެއިލަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުއްވައިގެންވެސް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމާށް މަޖިލީހުން ވަނީ ބުނެފައެވެ.

ad