logo

ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން: އެޓާނީ ޖެނެރަލް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
37 މިނިޓު ކުރިން

ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.ބަންޑާރަނައިބު މިހެން ވިދާޅުވީ، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވުމާ ގުޅިގެންނެވެ.

އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި ކުރީގެ ރައިސް ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރެއްވީ ރޭ އެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް ވަރަށް "ޑީޓެއިލް" ބުރަ މަސައްކަތަކެއް އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ވެރިކަމުގައި ޖަލުގައި ބަންދުކުރި ކަމަށެވެ. އެހެން އޮއްވައި މި ސަރުކާރުން ވެރިކަމަށް އައިސްފައި އެ މީހުން ވަނީ ދޫކޮށްލާފައި ކަމަށެވެ.

ރައީސް ސޯލިހުގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ރައްދު ދެއްވާ އުޝާމް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުންކަމަށް ވިދާޅުވެ ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަަމަށެވެ.ބަންޑާރަނައިބު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށާއި، އެ މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާ ދޫކޮށްލީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އުޝާމް ވިދާޅުވީ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ވަނީ ރިލުވާންގެ މައްސަލާގައި ވާހަކަދައްކަވާފައެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތަހުގީގު ފެށިކަމަށާއި، އެ މަސައްކަތް ނުނިމި އުޅެނިކޮށް ވެރިކަން ބަދަލުވީ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް ލަސްވާ ނަމަ އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. ރޭގަ ތިން ރައީސުން ކުރިއަށްގެންދިޔަ ބައްދަލުވުމަކީ ނޫސްވެރިކަމުގެ ހައްގުގައި ކަމަަށްބުނެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި ފުރަތަމަ ބައްދަލުވުމެކެވެ.

ad