ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންފި އެވެ.
އެރަށުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަ އިވެންޓެއް ބާއްވައެވެ. އަދި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައި ވެއެވެ. ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފަވެއެވެ.
ރަސްދޫން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވި އެވެ.
އއ. ރަސްދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ނަގާފައިވާއިރު، ރަސްދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.
18 އަހަރުގެ ތެރޭގައި ރަސްދޫގެ ކައުންސިލުގެ މެޖޯރިޓީ އަބަދުވެސް ނަގަމުން އައީ އެމްޑީޕީންނެވެ. އެމްޑީޕީއަށް ބޮޑު ތާއީދު އޮތް ވަރަށް ގިނަ ރަށްރަށުން ވަނީ މިފަހަރު ޕީއެންސީން ކާމިޔާބު ހޯދާފައެވެ.


