logo

ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން، އަންނަ ހަފްތާގައި ހިއްކައި ނިންމަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން، އަންނަ ހަފްތާގައި ހިއްކައި ނިންމަން ތައްޔާރު ވެއްޖެއެވެ.ވިލުފުށީ ބިން ހިއްކުމުގެ މަސައްކަތް 98 އިންސައްތަ ނިމިފައިވާ އިރު، ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ބުނެފައެވެ.މި މަސައްކަތް ކުރަނީ 11،300 އަކަ މީޓަރުގެ ކެޕޭސިޓީއެއް އޮންނަ ޑްރެޖަރު ފިލިޕޯ ބްރޫނެލެޝީ އިންނެވެ.

މި މަޝްރޫޢުގައި ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކައެވެ.

ވިލުފުށީގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. 14 ނޮވެމްބަރ 2025 ގައެވެ.

1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކުރާ އެ އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ ދަށުން ރަންވޭގެ އިތުރުން، ޓާމިނަލް ބިލްޑިންގ، ފަޔަރ ބިލްޑިންގ އަދި އެހެނިހެން އަސާސީ ވަސީލަތްތައްވެސް ގާއިމު ކުރާނެއެވެ. އަދި އެއާޕޯޓު ހިންގުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާއެވެ.

އެ މަޝްރޫއުގެ ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްްކޮށް ނިންމާނެ ކަަމަށް ވެސް އެމްއޭސިއެލުން ވަނީ ބުނެފައެވެ.

ad