ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްތަލިބް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ %50 އަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ 504 ހެކްޓަރުގެ ބިން ކަމަށް މުއްތަލިބް ވިދާޅުވިއެވެ .ރަސްމާލެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 504 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މުއްތަލިބް ވިދާޅުވީ ނިސްބަތަށް ބަލާއިރު ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުން އެ ވަރުގެ ބިމެއް ނިންމާފައިވާ ކަމަށެވެ. އަދިވެސް މިހާރު ބާކީ ބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ ބައެއް ކަހަލަ ގޮންޖެހުންތައް ހުރުމުން ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ރަސްމާލެއިން ގޯތި ދޫކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސް، އެ ފަރާތްތައް ކަނޑައަޅައި ނިމެންވާ އިރަށް، ބިންތައް ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެކެވެ .ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ އިތުރުން ޓެކްނިކަލް އެހެނިހެން މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ޑިސެންބަރު 18 ވަ ަދުވަހުއެވެ. މި މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.


