logo

ގޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ކައްކާ ގޭސް ލިބުމަށް ދިމާވެފައިވާ މައްސަލައަށް އަންނަ ހަފްތާގައި ޙައްލެއް ލިބިގެންދާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ، ގޭހަށް ނުޖެހޭނެ ކަމަށާއި 10 ކިލޯގެ ގޭސްފުޅި އަންނަ ހަފްތާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ސަޕްލައި ކުރުމަށް ލޮޅުންތަކެއް އަރާފައިވާ ކަމަށާއި ގޭހުގެ ސަޕްލައިއަށް އަންނަމުންދާ ބަދަލުތަކާ އެކު ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ކޮންޓްރޯލް އަގެއްގައި ގޭސް ވިއްކުމަކީ އަބަދުވެސް އެ ކުންފުނިން މަސައްކަތްކުރާނެ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސް ލިބޭނެމަގުތައް ފަހިކުރުމަށް އެ ކުންފުނިން މަސައްކަތްކުރާ ކަމަށާއި މި އަހަރު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ގޭސް ލިބޭނެ މަގުފަހިކޮށްދޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އަދި ގޭސް ލިބުމަށް ދަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

ad