logo

ކެންސަރު ބައްޔާއެކު ރަޝީދާ ވޭނުގައި، ބަލި ދަނީ ހަށިގަނޑުގައި ފެތުރެމުން! އެދެނީ ދީލަތި އެހީތެރިކަމަށް!

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 މަސް ކުރިން
ރަޝީދާ އިސްމާއިލް

ރަޝީދާ އިސްމާއިލް

އަހަރުތަކެއް ކުރިން ވަރަށް އުއްމީދުގައި މަސައްކަތް ކުރި އަންހެނެކެވެ. ގއ.ކަނޑުހުޅުދޫ ރަށު ފެނަކަ އިންޖީނުގޭގެ ވަޒީފާގައި އޭނާ މަސައްކަތްކުރަމުން ދިޔައިރުވެސް ވޭނީ ބަލީގެ އަސަރެއް އޭނާގެ ހަށިގަނޑުގައި ނެތް ކަހަލައެވެ. ފިރިމީހާގެ އެދުމުގެ މަތިން ފެނަކަ ވަޒީފާއިން އޭނާ ވަކިވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އުމުރުން 41 އަހަރުގެ ރަޝީދާ އިސްމާއިލް ވަރުބަލިވުމާއި ހަކަތަ ދަށްވެ ވަރުބަލިކަން އިހްސާސް ކުރެވި އަދި ހޯމޯނަލް މައްސަލަތަކެއް ފާހަގަކުރެވި ފުރަތަމަ ޑޮކްޓަރަށް ދެއްކީ ގއ. ވިލިގިނލީ ހޮސްޕިޓަލަށެވެ. އެއަށްފަހު ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން އޭޑީކޭ އިންވެސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ. އެއަށްފަހު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށްވެސް އޭނާވަނީ ދައްކާފައެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރުން ވިދާޅުވެފައިވަނީ އޭނާ ބައްޔަކީ ކެންސަރު ބަލި ކަމަށް ޝައްކުކުރެވޭ ކަމަށެވެ.

ޑޮކްޓަރުންގެ ފުރަތަމަ ޖުމްލައިން އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. ކަންފަތުގައި ޖެހުނު އަޑުން އޭނާއަށް ކުރީ ބަޔާން ކުރަންދަތި ހިތްދަތި އަސަރުތަކެވެ. ލިބުނީ ގަބޫލު ކުރަން ދަތި އަސަރުގަދަ ބަލީގެ ވާހަކައިން މުޅި މީހާ ގަޑުވެ ހުއްޓުން އެރިއެވެ. ރަޝީދާގެ ކަންފަތުގައި ޖެހުނީ އޭނާ ތަހައްމަލުކުރަން ޖެހޭ ބައްޔަކީ ކެންސަރު ބަލިކަމެވެ.

ފިރިމީހާގެ އެހީއާއި އެކު އިންޑިއާ އަށް އަވަހަށް ފުރޭތޯ އޭނާ މަސައްކަތް ފެއްޓިއެވެ. އާސަންދަވެސް ރަޝީދާ އަށް ލިބުނެވެ. މިހާރު ރަޝީދާ ހުރީ އިންޑިއާގައެވެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލުން އޭނާ ގެންދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް ކެންސަރުގެ ނުރައްކާ އޭނާ އަށް އަސަރުކޮށްފަހުރި މިންވަރުގެ ބޮޑުކަމުން ފަރުވާ އަށް މުއްދަތު އިތުރުވެގެންދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާގައި 3 މަސް ދުވަހަށް މަޑުކުރުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ ޓެސްޓްތަކުން އޭނާ އަސްލު ބަލި ދެނެގެނެވިފައިވާއިރު އެ ހޮސްޕީޓަލުން ބުނާ ގޮތުން ބައްޔަށް ބޭނުންވަނީ ރަނގަޅު ފަރުވާއެކެވެ. އަވަސް ފަރުވާ ރަޝީދާ އަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ޓެސްޓް ތަކުން ދައްކާ ގޮތުން ރަޝީދާ ތަހައްމަލުކުރަމުންދަނީ ކެންސަރުގެ ވައްތަރެއްކަމަށްވާ (ކާސިނޮމާ ސަރވިކްސް) ކިޔާ ވައްތަރެކެވެ. އެއީ ސަރވިކަލް ކެންސަރެވެ. ބަލި ފެތުރިފައިވާ މިންވަރުގެ ބޮޑުކަމުން ބަލި ޖެހިފައިވާ ގުނަވަން ނެގުމުގެ ފުރުސަތު އޭނާ އަށް ވަނީ ހަނިވެފައެވެ.

undefined

ރަޝީދާ ގެ ބަލީގެ ހާލަތު އަންގައިދޭ ލިއުންތައް

މިވަގުތު ދެން ރަޝީދާ އަށް ބޭނުން ވަނީ ފައިސާގެ އެހީތެރިކަމެކެވެ. ފައިސާގެ އެހީއަށް ބޭނުންވެފައިވާއިރު އާއިލާގެ ވެސް އެވަރުގެ ފުދުންތެރިކަމެއް ހުރި މީހަކު ނެތެވެ. ނިކަމެތި އެ އާއިލާއިން ވަނީ ރަޝީދާގެ ފަރުވާ އަށް ބޭނުންވާ އެހީތެރިކަމާއި މަދަދަށް އާންމުންގެ ކިބައިން އެދެންޖެހިފައެވެ.

ރަޝީދާ އިންޑިއާ އަށް ދިޔައީ އޭނާގެ ފިރިމީހާ މުހައްމަދު އަޙްމަދު އާއި، ރަޝީދާ ގެ އެއްބަނޑު އަންހެން ކޮއްކޮ އާއި، އެކުގައެވެ. މިހާރު އޭނާ އަށް އެހީތެރިވެދޭން ކައިރީގަ ހުރީ އަންހެން ކޮއްކޮ އެކަންޏެވެ. ރަޝީދާގެ ފިރިމީހާ މުހައްމަދު އަޙްމަދު ވަނީ ރާއްޖެ އައިސްފައެވެ.

ރަޝީދާގެ ދަރިން ތިބީ ވެސް ރާއްޖޭގައެވެ. ރަޝީދާ އަށް މަޖުބޫރު ވެފައިވަނީ އޭނާ ގެ ބަލީގެ ފަރުވާގެ މުއްދަތުގައި އިންޑިއާގައި ހޭދަ ކުރުމަށެވެ. ރަޝީދާ ގެ އެންމެ ކުޑަ ކުއްޖާއަށް އުމުރުން 10 އަހަރުއެވެ. މަންމައާއެކު މުޅިން އެއްކޮށް އުޅެމުން ދިޔަ ދަރިފުޅާއި ވަކިން އިންޑިއާގައި ހުންނަން ޖެހުމަކީ ރަޝީދާއަށް ފަސޭހަ ކަމަކަށް ވަނީ ނުވެފައެވެ. އެހެންކަމުން އޭނާ އަށް ބޭނުންވާ މިފަރުވާ އަށް އަވަސް އެހީތެރިކަމެއް ފޯރު ކޮށްދިނުމަށް ރަޝީދާ ނުހަނު ބޭނުންވެއެވެ.

3 މަސް ދުވަހުގެ މުއްދަތަށް އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާ އިންޑިއާގައި މަޑުކުރަންޖެހޭނެ ކަމަށް ވިދާޅުވެފައިވާއިރު، ރަޝީދާ މިވަގުތު ތިބޭފުޅުންގެ ފަރާތުން ފައިސާގެ އެހީތެރިކަން ނުހަނު ބޮޑަށް ވަނީ ބޭނުންޖެހިފައެވެ.

އެތަނުގެ ހުރުމާއި ކެއުންމަށް ނުހަނު ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އެފަދަ ފުދުންތެރިކަމެއް އެ އާއިލާގެ ނެތެވެ. ރަޝީދާ އެދެނީ ތިޔައިންގެ ތެރެން ކޮންމެ މީހަކުވެސް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުންވެސް ވެވޭ ކޮންމެ އެހީތެރިކަމަކީ މާތް ﷲ އަށްޓަކާ ވޭވޭ ހޭދައެއް ކަމުގައި ނޫނީ ނުވާނެއެވެ.

ރަޝީދާ މިވަގުތު ހުރީ ފަރުވާ އަށް އިންޑިއާގަ ކަމަށްވާތީ އޭނާ އަށް ގުޅޭނީ ވައިބާ، ވަޓްސްއަޕް، އަދި ޓެލެގްރާމް އިންނެވެ.

ރަޝީދާ އިސްމާއިލް އަށް ގުޅޭނެ ނަންބަރު ( 9513145 )

ޑޮލަރު އެކައުންޓް ނަމްބަރު 7730000708882 ( ރަޝީދާ އިސްމާއިލް)

ރުފިޔާ އެކައުންޓް ނަމްބަރު 7730000335675 ( ރަޝީދާ އިސްމާއިލް )

ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އާޓިިކަލް ރައްދުވާ މީހާ އަށް ސީދާ ގުޅާ އެހީގެ ކަންކަން ކުރިިއަށް ގެންދިިއުމަށް އެދެމެވެ.

ad