logo

މަސްވެރީންގެ ދުވަހުގެ ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން މިނިސްޓްރީން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ޑިސެންބަރު އިން 7 ޑިސެންބަރު އަށެވެ.

މި މުބާރާތަކީ މިއަހަރު ފާހަގަކުރާ 46ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 3339223 އަދި 3339272 ނަންބަރު ފޯނަށް ގުޅުމުން މައުލޫމާތު ސާފް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ad