ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚާ ބެހޭގޮތުން ބާއްވައިފިއެވެ.
މި ސިންތާ ބާއްވާފައިވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ބާއްވާ ސިލްސިލާ ސިންތާތަކުގެ ތެރެއިން، "އަހުލިހަ" ނަކަތުގެ ސިންތާ ގެ ގޮތުގައެވެ.
ފަންނާއި ސަގާފަތާއި ތާރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި ޖުލައި 29 ވަނަ ދުވަހު ހަވީރު ކުރިއަށްގެންދިޔަ މި ސިންތާގެ މައުޟޫއަކީ "ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚްގެ ދިރާސާ" އެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނީ މި ދިރާސާއާ ބެހޭގޮތުން މި ސިންތާގެ ބައިވެރިންނަށް މައުލޫމާތުދެއްވީ އެމްއެންޑީއެފް، އެޖުޓަންޓް ޖެނެރަލްސް ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު އެވެ.
މި ސިންތާ ތަޢާރަފުކޮށްދިނުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ދިވެހިގައުމިއްޔަތުގެ އިސްވަރު އަލްއުސްތާޛު ޝާކިރުއެވެ. މި ސިންތާގައި ކޮމާންޑް ސާރޖަނޓު މޭޖަރ ޢަބްދުﷲ ސައީދު ވަނީ ޤައުމެއް އުފެދި ދިފާޢީ ބާރެއް އުފަންވާގޮތުގެ ފަލްސަފާއާއި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޠަބީޢީ ދިފާޢީ ނިޒާމާއި، ދިވެހީންގެ މިނިވަންކަން ގެއްލުވާލި ބައެއް ބާރުތަކާ ބެހޭގޮތުން ކުރެއްވި ދިރާސާގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކަޅުއޮށްފުންމީގެ ނަމާ ބެހޭ ދިރާސާއާއި، ބޮޑު ތަކުރުފާނުގެ ބަޑިކޮޅާ ބެހޭގޮތުން ކުރައްވާފައިވާ ދިރާސާގެ މަޢުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. މި ސިންތާ ނިންމަވާލެއްވުމުގެ ކުރިން ސިންތާގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ކޮމާންޑް ސާރޖަނޓު މޭޖަރ ޢަބްދުﷲ ސައީދު ވަނީ ޖަވާބުދެއްވާފައެވެ.
މި ސިންތާގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި ވުޒާރާގެ އިސްވެރިންނާއި ބައެއް މުވައްޒަފުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުންނާއި ސުކޫލްދަރިވަރުން ވެސް ބައިވެލެއްވިއެވެ.

.jpg&w=256&q=75)
