ބަނގުރާ ބޭނުންކޮށް، ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފޭދޫ ހަމްދަރުދީގޭ، ޢަލީ ރާޢިލް މުނީރު، 23، އާއި މަރަދޫފޭދޫ، ވައިލެޓްވިލާ މުޙައްމަދު ޝާމިޙު މަންޞޫރު، 19، އެވެ.
ފުލުހުން އެ ދެ މީހުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެމީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

