މާލޭގެ މަގުތައް ފެންވަރު ރަނގަޅުކޮށް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ސާވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ މަސައްކަތް އަވަސްކުރަން ތައްޔާރު ވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޫއުގެ ތެރެއިން، މި މަސައްކަތާގުޅެ ސަރަހައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އޮތީ އަންނަ ޖުލައި މަހުގެ 4ގައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ނުސްވެރިންނާއި ބައްދަލުކޮށް މި މަޝްރޫޢުއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދުނު އެންމެ ބޮޑު ސަބަބަކީ، މާލޭގެ ތޮއްޖެހުމާއި، ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެ ދާއިރާގެ ފަންނީ ތަޖުރިބާއާއި ޤާބިލުކަން ހުރި ފަރާތެއްގެ ބައިވެރިވުން ބޭނުންވާތީ ކަމަށެވެ.
އެގޮތުން ފާގަ ކުރެއްވީ އެންމެ ފުރަތަމަ ކްރިޓިކަލް ފިޒިކަލް މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ކުރިއަށްދާނެ ކަމަށާއި، އުންމީދު ކުރަނީ މިދާ މަސައްކަތް ނިމި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެންމެ މުހިންމު މަޖީދީމަގާއި، ކަނބާއަސާރާނީ ހިނގުމާއި، ވިލިމާލޭ ހޮސްޕިޓަލަށް ދާ މަގުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ކަމަށެވެ. އަދި އެއާއި އެއްކޮން މާލޭގެ ހުރިހާ މަގެއްވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް ސާރވޭގެ މަގުތައް ފެށިގެންދާނެ ކަމަށް ވެސް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ދެން އޮތީ މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ކުރެފައިވާ މަސައްކަތަކީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް ކުރަން ހުރި މަސައްކަތަކީ ޗެލެންޖިން މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

.jpg&w=256&q=75)
