މާރާމާރީ ހިންގި މައްސަލައެެއްގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޭނާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ އޭނާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އޭގެ ތެރޭގައި އިންޓަލިޖެންސް ރިޕޯޓާއި، އަނިޔާގެ ފޮޓޯތަކާއި، އަދި ބަޔާންތައް ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައި ބުނެފައި ވެއެވެ.
މި ހާދިސާގައި އޭނާއަށްވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

.jpg&w=256&q=75)
