ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
ބަނދަރު ފުން ކުރުން – 11,132 ކިއުބިކް މީޓަރު
ބްރޭކްވޯޓަރ – 477 މީޓަރު
ރެވެޓްމަންޓް – 129 މީޓަރު
ކުއޭ ވޯލް – 1 މީޓަރު
މޫދަށް އެރޭ ސަރަހައްދުގެ ބްރޭކްވޯޓަރ – 387 މީޓަރު
މޫދަށް އެރޭ ސަރަހައްދު ކޮނުން – 1,104 ކިއުބިކް މީޓަރު
ޖެޓީ – 198 މީޓަރު * 2 މީޓަރު
ބްރިޖް – 6 މީޓަރު * 2 މީޓަރު


