ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
މިއީ ރާއްޖެއިން މި އެވޯޑަށް ވާދަކުރާ 7 ވަނަ އަހަރެވެ. މީގެކުރިން ރާއްޖެއިން ވަނީ ޖެހިޖެހިގެން 6 އަހަރު މި އެވޯޑް ހޯދާފައެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މި އެވޯޑް ހޯދާފައިވަނީ 2020 ވަނަ އަހަރުއެވެ.
މިއީ މި އެވޯޑަށް ރާއްޖެއިން ވާދަކުރާ 7ވަނަ އަހަރު ކަމަށްވާއިރު، މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 30ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ.
މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑަށް ވޯޓް ދެއްވުމަށް ފަތުރުވެރިކަން އިސްތިހާރު ކުރާ ޖަމިއްޔާ ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.މީގެކުރިން ވެސް ވޯލްޑް ޓްރެވެލް އެވޯޑްސްގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.


