logo

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
20 ގަޑިއިރު ކުރިން

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެ ރަށުގެ އާންމު ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވަނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، މިރޭ 22:00 ދަންވަރު 01:30އާ ހަމައަށް ގއ. އަތޮޅުން ގދ. އަތޮޅަށް ވަނީ ރީނދޫ އެލަރޓް ނެރެފައެވެ.

undefined

ad