ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރީގައި ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި، އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަޙްމަދު ނިޔާވި އެކްސިޑެންޓްގަ ާ އެހެން ކާރަކުން ކުއްޖާގެ ގައިގައި ޖެހުނީ ކަމަށް ބަލާ ފޮރެންސިކް ތަހުލީލުތައް ފަށައިފިއެވެ.
ފުލުހުން ބުނީ މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަަމަށެވެ. އެ ހާދިސާ ހިނގި ސަރަޙައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީނުން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނެެވެ. އަދި އެވަގުތު އެ ލޭނުން ދުއްވާފައި ދިޔަ އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށާއި، އަދި މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދު ޓޯކޮށްފައެވެ. އަދި އެ އުޅަނދުތައް ދުއްވި 3 މީހުންގެ ލައިސަންސްވެސް ވެސް ވަނީ ހިފަހައްޓާފަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

.jpg&w=256&q=75)
