logo

ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑު އެއްވުން ޑިސެންބަރު 4 ގައި ބާއްވަނީ

މަރްޔަމް
14 ގަޑިއިރު ކުރިން

މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ އިން ބޮޑު ބިމެއް ދީގެން ހިންގަން އުޅޭ މަޝްރޫއުއާ ދެކޮޅަށް އަންނަ މަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

އެ މަޝްރޫއާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 4 ގައި މާލޭގަ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ މަހު ބާއްވާ ހަރަކާތަށް ރާއްޖޭގެ ރަށްތަކުން މާލެ އަށް މީހުން ވެސް ދާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ބޮޑު ހަރަކާތެއް ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ދިވެހިންގެ ބިން ދިވެހިންނަށް ގެ ނަމުގައި ބޭއްވި މުޒާހަރާގެ ނަތީޖާ ރަނގަޅުވުމުން ކަމަށެވެ.

އިމްރާން ވިދާޅުވީ އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ފޭސް ދޭއްގައި "ރަތް ރޮނގު" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށެވެ.

"އެހެންވީމާ ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނާއި އަދި މާލޭގައި ވެސް ވަޑައިގެންނެވެން ތިއްބެވި ބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." އޭނަ ވިދާޅުވި އެވެ.

ad