logo

ޖުމުހޫރީ ވެރިކަމެއްގައި ރައްޔިތުންގެ ބާރަކީ ވަރަށް ބޮޑު އަމާނާތެެއް: ރައީސް ޞާލިޙު

މަރްޔަމް
6 ގަޑިއިރު ކުރިން
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ޖުމުހޫރީ ވެރިކަމެއްގައި ރައްޔިތުންގެ ބާރަކީ ނުހަނު ބޮޑު އަމާނާތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޖުމުހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެެވެ.

ރައީސް ޞާލިޙު ވިދާޅުވީ ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް ކަމަށެވެ. ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތުގެ މަތިން ހަނދާންކޮށް، ޖުމްހޫރީ އަސާސުތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް ޢަޒުމް އާކުރަންވީ މުހިންމު ދުވަހެެއްްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މި ދުވަހަކީ ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާއެއް އުފެދި، ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް ރަސްމީކޮށް ހިންގަން ފެށުނު ދުވަހެވެ.

ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔާއެއް އުފެއްދީ 1968 ވަނަ އަހަރުގެ އޮގަސްޓް 24ގައެވެ. ނަމަވެސް، އޭގެ ފަހުން ރަސްކަމުގެ ނިޒާމަކަށް ބަދަލުވެ، އެ ނިޒާމު ނިމުމަކަށް އައިސް، މިހާރު މިއޮތް ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ 1968 ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރެއްގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.


ad