ކުޅުދުއްފުށީ ސިޓީގައި އުޅޭ ބުޅާތައް ނުވިހާގޮތަށް ހެދުމަށްފަހު އަލުން ދޫކޮށްލާ ގޮތައް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓި ކަުންސިލުން މިއަދު ބުނީ އެ ރަށުގައި އުޅޭ މަގުމަތީ ބުޅާތައް ހިފައި ނިއުޓަރ ކުރުމަށް ނިންމާފައިވަނީ އިންސާނިއްޔަތުކަމާއި އެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްކާތެރި ގޮތެއްގައި އެ ސިޓީގައި އުޅޭ ބުޅާތަކުގެ އާބާދީ ކޮންޓްރޯލް ކުރެވޭނެ މަގު ފަހިކުރުން ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.
ބުޅާ ނިޔުޓަރ ކުރުމަކީ ބުޅަލުގެ ދަރިމައިވާ ގުނަވަން ނެގުމަށް ޓަކައި ކުރާ ސާޖަރީއެކެވެ. މިކަން ކުރަނީ ، ބުޅާ ދަރިމައި ވުމަށް އަންނަ ބަދަލުތަކާއި، ހޯމޯންތަކުގެ ސަބަބުން ބުޅަލުގެ އުޅުމަށް އަންނަ ބަދަލު ތައް ކޮންޓްރޯލް ކުރުމަށެވެ.
މާލޭ ސަރަހައްދުގައިވެސް ބުލަލުގެ އާބާދީގެ މައްސަލަ ބޮޚުވެފައިވާ އިރު އެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ހުޅުމާލޭގައި ފެސިލިޓިއެއް ގާއިމް ކޮށްފައިވެއެވެ. ހަމަ މިޔާއި އެކު އަވަސް މުއްދަތެއްގެ ތެރޭގައި ބުޅާ ގެން ގުޅުމަށް ޚާއްސަ ރަށެއް ކެޓްއައިލެންޑް ގެ ނަމުގައި ގާއިމު ކުރުމަށް ސަރުކާރުންވެސް ވަނީ ނިންމަވާފައެވެ.
ނަމަވެސް ހުޅުމާލޭގައި ހުންނަ ސެންޓަރަށް ބުޅާ ނުގެންދާކަމުގެ ޝަކުވާތައް ފެންމަތިވެފައި ވެއެވެ.

