ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން ހުއްޓާލަން ޖެހޭ ކަމަށާއި، ރައްޔިތުން ބިކަ ހާލުގައި ޖައްސަން ފައިސާދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްތެއްގައި ރާޝިދާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ފެންނަން ބޭނުންވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހެއް ކަމަށާއި، އަންހެނެއް ވިޔަސް ފިރިހެނެއްވިޔަސް ގާނޫނު އަސާސީ އިން މިގޮތް ވެސް ހުއްދަކުރާ ކަމަށެވެ. އަދި ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ދިނުންވެސް ހުއްޓާލަންޖެހޭ ކަމަށެވެ. ރައްޔިތުން ބިކަ ހާލުގައިޖައްސަން ފައިސާދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރާޝިދާ ވިދާޅުވިއެވެ
އަދި ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށް ރާޝިދާ ވިދާޅުވިއެވެ.

