ރައްޔިތުންގެ އެދުމާ ޚިލާފަށް، ގައުމުގެ މިނިވަންކަމާ، ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހާއު ގުޅިގެން ދެއްވި ޚިތާބުގައެވެ.
މިއަދު އެންމެންގެ ކަންބޮޑުވުން މިއޮތީވެސް އިގްތިސާދީ ނަފާއެއް ހޯދަން ކުރާ ކަމެއްގެ ނަތީޖާ މާދަމާ އިދިކީލަކޮށް ނިކުމެދާނެތީކަމަށް ފައިސަލްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ ރަސްމާލެ މަޝަރޫޢުގެ އިންވެސްޓްމަންޓުތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކުރަމުން ގެންދަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ފައިސަލް އިތުރަށް ވިދާޅުވީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ، ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށާއި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭނެކަމަށެވެ.
އަދި މިވަގުތު ލިބިގަންނަ އެންމެ ބޮޑު އުފަލަކީ، އެދުވަހު ދިވެހި ސިފައިން، އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި އެ ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާކުރުންކަމަށާއި ރާއްޖޭގެ އަސްކަރިއްޔާއަށް ހިފެހެއްޓުމެތް ސާބަހާއި އައްސަރިބަސް ދަންނަވާކަމަށް ފައިސަލްގެ ޚިޠާބުގައި ވެއެވެ.
3 ނޮވެންބަރުން އަޅުގަނޑުމެންނަށް ގެނެސްދޭ ފިލާވަޅަކީ ގައުމީ ލޯބީގެ އާރުލުން ދިވެހީންގެ ކަށީގައި ހަރުލާފައި އޮތް މިންވަރު ކަމަށާއި ދިވެހީންގެ ހިތްތަކުގެ ލޭ ހޮޅިތަކުގައި ހިނގަމުންދާ ޙުއްބުލްވަތަންގެ ލޭގެ ސާބިތުކަމާއި މި ގައުމުގެ ދަރިންގެ ހަށިތަކުގައި ގައުމީ ވިންދު ޖަހާލެއް ވަރުގަދަކަން ކަމަށް އޭނާ ވިދަޅުވިއެވެ.

