ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ބަދިގެއާ ފާޙާނާގެ ފިނިޝިންގ މަސައްކަތެވެ.
ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.
ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއިމުކުރާނެއެވެ.

.jpg&w=256&q=75)
