logo

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް  ވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 16:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އަނިޔާ ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި އެކްސިޑެންޓާ ގުޅިގެން ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.

ad