ރޯދަމަހަށް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކޮށްފަވައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
މިނިސްޓަރު ވިދާޅުވީ 15 މިސްކިތް ހުޅުވާ، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެ ޖުމުލަ 19 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭކަމަށެވެ.
މާލެ ސިޓީ 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތައް ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީ ކުރެވި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށެވެސް ވިދާލުވިއެވެ.
މީގެ އިތުރުން އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެވިފަވާ ކަމަށާއި، މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށެވެ.
އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަަ މަހު 3 ވަނަ ހުކުރުގައި ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ ކަމަށެވެ. އަދި އީދު ނަމާދު ގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅުތަކުގައި 10 ރަށެއްގައި އިޙުޔާ ފޯރަމް ބޭއްވުމާއި ( މިއީ އަތޮޅުތަކުގަ އެންމެ ގިނަ ފޯރަމް ބޭއްވޭ އަހަރު) ކަމަށާއި، އަދި އެންމެ ގިނަ ހާފިޒުން ދަސްވެނި ވާ އަހަރު ކަމަށެވެ.
ޤުރުއާން ޓީޗަރުން ނެތް 10 ރަށަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ 10 ޓީޗަރުން ވަނީ ފޮނުވިފަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

