logo

އިންތިހާބުވި ކެންޑިޑޭޓުން ފެންނަނީ މަގުމަތި ހަލަބޮލި ކޮށް ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން: ރައީސް

އާމިނަތު މޫސާ
16 ގަޑިއިރު ކުރިން

ނިމިގެންދިޔަ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީ ކެންޑިޑޭޓުން މަގުތަކަށް ނިކުމެ މުޒާހަރާކުރާތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އއ. ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކާއި ޑަބްލިޔުޑީސީއަށް އިންތިޚާބުވި މެމްބަރުން މަސައްކަތްކުރަންޖެހޭނީ ސަރުކާރާ އެކީގައިކަމަށެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ޕީއެންސީ ފިކުރުގައި ހޮވުނު މެމްބަރުންނާއި ޕީއެންސީ ފިކުރާ ދެކޮޅު މެމްބަރުންނަށްވެސް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޕާޓީއަކުން މަގާމަކަށް އިންތިޚާބުވި ނަމަވެސް އިސްކުރައްވާނީ ދީނާއި، ގައުމުގެ މަސްލަހަތުކަމަށެވެ. މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުންހުރީ ގައުމާއި ދީން އިސްކުރުމުގެ ވިސްނުމުގައިކަން ހާމަވާކަމަށާއި، ގިނަ ރައްޔިތުން ތިބީ ޕީއެންސީގެ ފިކުރު ކަމުގައިވާ ދީނާއި ގައުމީ ފިކުރަށް މެޖޯރިޓީދީގެންކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޮޑެތި ސީޓީތަކުން ކާމިޔާބު ނުލިބުނަސް ރައްޔިތުންގެ ހައްގުގައި އިހްލާސްތެރިކަމާއެކު ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބުކޮށް އަދި މަގާމުތަކާ ހަވާލުނުވެވެނީސް ބައެއް އިންތިޚާބީ ކެނޑިޑޭޓުން މަގުތަކަށް ނިކުމުގެ ހަޑި ހުރުތުބަސްތައް ބޭނުންކޮށް، ދީނީ މިންގަނޑުން ބޭރުން އަހުލާގީ ފެންވަރުދައް އަމަލުތައް ހިންގައި މަގުމަތި ހަލަބޮލިކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވޯޓުދެނީ މަސައްކަތާ ހަވާލުވާ ހިސާބުން ފެށިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަށާއި ނަމޫނާ ބަޔަކަށް އެމަންދޫބުން ވާނެކަމުގެ އުންމީދުގައިކަމަށެވެ.

ރައީސް ވިދާޅުވީ ޕީއެންސީ ފިކުރާއި އިދިކޮޅު ފިކުރުގެ މެމްބަރުންގެ ކިބައިން ފެންނަންޖެހޭނީ އަމިއްލަ ސިޔާސީ އެޖެންޑާ އިސްކުރާތަން ނޫންކަމަށެވެ. އެއާ ޚިލާފަށް ގައުމު އިސްކުރާތަންކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު އިސްކުރުމުގެ މާނައަކީ ހަގީގަތުގައިވެސް އިހުލާސްތެރިކަމާއެކު ގައުމު އިސްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އެކަށީގެންވާ ސަބަބެއް ނެތި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އެކަން ވަރަށް ތަފުސީލުކޮށް ރައްޔިތުންނަށް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކާއި ޑަބްލިޔުޑީސީގެ ރައީސް އާއި މެމްބަރުން ރައްޔިތުން ހޮވާފައިވަނީ ގައުމާއި ދީނީ ފިކުރަށް ތާއީދުކޮށްގެންކަމަށެވެ.

ނިމިގެންދިޔަ އާންމު ހިޔާލު ވޯޓުން ޕީއެންސީއަށް ލިބުނު ނާކާމިޔާބީ އާއެކު އެމްޑީޕީން ވަނީ 12 ޑިމާންޑެއް ސަރުކާރަށް ކޮށް މަގުތަކަށް ކޮންމެ ރެއަކުހެން ނިކުންނަން ފަށާފައެވެ.

ad