logo

ސިޓީތަކުގެ ރައީސާއިންނަށް 20،000، ރަށްރަށުގެ ރައީސާއިންނަށް 15،000 ރުފިޔާ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ މުސާރަ ޕޭ ކޮމިޝަނުން މުރާޖަޢާކޮށްފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް، އިންތިޚާބު ކުރެވެއެވެ.

ފަސް އަހަރުގެ ދައުރަކަށް މި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަނީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން މުުތަމަޢުއާ އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ މުސާރަ ކުޑަވުމަކީ އޮތް ކަންބޮޑުވުމެއްއެވެ.

ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. އަދި، ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާއެވެ. މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ފާޑުކިޔުންތަކާ ގުޅިގެން، ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރަން ވެސް މީގެ ކުރިން ނިންމިއެވެ. އެހެންނަމަވެސް، މިހާރު މިވަނީ އެ އަދަދު 20،000 ރުފިޔާއަށް ތިރިކޮށް، ރަށްރަށުގެ ރައީސުންގެ މުސާރަ ވެސް 15،000 ރުފިޔާއަށް ކުޑަކޮށްފައެވެ.

މިއަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން މުހިންމު ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ވަނީ ބަދަލުކޮށްފައެވެ. އަނެއް ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުން ދޭ އެއްޗެއްގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް ވަނީ ހަދާފައެވެ.

ad