logo

ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މ. މުލީގައި ޑެންގީ ހުން ޖެހިގެން، 17 އަހަރުގެ އަންހެން ކުއްޖަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މ. މުއްޔަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އާއިޝަތު އަންޖަލް މުމްތާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުން އައިސްގެން އެ ކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ތައުލީމު ހާސިލުކުރަމުންދިޔަ މި ދަރިވަރުގެ ހާލަތު ކުއްލިއަކަށް ގޯސްވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިމަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫއަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނަކުވެސް ވަނީ ޑެންގީ ޖެހިގެން މަރުވެފައެވެ. އެ ޒުވާނާ ނިޔާވީ ބަލީގެ ހާލަތު ބޮޑުވެގެން މާލެ ގެނެސް، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.

އެޗްޕީއޭ އިން މިމަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޑެންގޫ ހުމުގެ 535 ކޭސް މިދިޔަ މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 60 ގަ އެވެ.

ad