މާލޭ ހިޔާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓި ފުލުހުން އެހީތެރިވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ ހިޔާ 1 އެއްއިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލުމާތު2026 ފެބްރުއެރީ5 ވަނަ ދުވަހު ހެނދުނު 6:50 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ވެއްޓިފައިވަނީ މާލެ ހިޔާ އެކެއްގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ.
އެމީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ބަލަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

