logo

ނަތަންޔާހޫ ޕޯޑިއަމަށް އެރުމުން އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ޗޭމްބަރު ގާތްގަނޑަކަށް ހުސްވި، ދެއްކީ ބޮޑާ ކިބުރުވެރި ވާހަކަތައް

ސައިފު އަޒުހަރު
12 ދުވަސް ކުރިން
މުޖުރިމު ނަތަންޔާހޫ ވާހަކަ ދައްކާއިރު، އދގެ އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ޗޭމްބަރު ގާތްގަނޑަކަށް ހުސްކޮށް:

މުޖުރިމު ނަތަންޔާހޫ ވާހަކަ ދައްކާއިރު، އދގެ އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ޗޭމްބަރު ގާތްގަނޑަކަށް ހުސްކޮށް:

އދގެ އާންމު މަޖިލީހުގެ 80 ވަނަ ޖަލްސާގައި އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ވާހަކަ ދައްކަން ތައްޔާރުވުމާއެކު، އާންމު މަޖިލީހުގެ ޗެމްބަރު ދޫކޮށް ގާތްގަނޑަކަށް ހުރިހާ ގައުމެއްގެ ވަފުދު ނުކުމެއްޖެއެވެ.

މިއީ، އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ދެކޮޅު ހެދުމުގެގޮތުން ވަފުދުންތަކުން އެޅި ފިޔަވަޅެކެވެ.

އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ޗެމްބަރުން ވަފުދުތައް ނުކުންނާން ފެށުމުން ނަތަންޔާހޫ ހުރީ ނުތަނަވަސްކަމާއެކު ކުޅި ބަލާށެވެ. ތުރުތުރު އަޅާތީވެސް ފެނުނެވެ.

ބައެއް ވަފުދުތައް ނުކުތީ މަލާމާތުގެ އަޑުތައްވެސް ލައްވަމުންނެވެ.

ވަފުދުތައް ނުކުތުމުން، އެތަނުގައި ތިބި އެމެރިކާއާއި، އިސްރާއީލުގެ ޖަރީމާތަކަށް ތާއީދުކޮށް ވާގިދީ އެހީތެރިވާ މަދު ގައުމުތަކުގެ ވަފުދުތަކުގެ ކުރިމަތީގައި ނަތަންޔާހޫ ވަނީ އެނާގެ ތަގްރީރު އިއްވާފައެވެ.

45 މިނެޓަށް ދެމިގެންދިޔަ ތަގްރީރުގައި ނަތަންޔާހޫވަނީ، ގޮތްދޫނުކުރުމުގެ ތަފާތު ވާހަކަތައް ދައްކާފައެވެ. ބުނެފައިވަނީ، އިސްރާއީލުން މަސައްކަތް ކުރަނީ މުޅި އިންސާނިއްޔަތަށްޓަކައި ކަމަށާއި، ބަޔަކު އުޅުނީ އޮކްޓޫބަރު 7 ގައި އެކަން ނެތިކޮށްލަން ކަމަށެވެ.

ނަމަވެސް، އެހުރިހާ ކަމެއް ގިރާކުރުމަށްފަހު އިސްރާއީލުން ކާމިޔާބު ހޯދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ "ހަނގުރާމައިގެ" އާޚިރު ނަތީޖާއަކަށް ވާނީ، އަބްރަހަމް ކޯޑް އިތުރަށް ފުޅާވެގެންދިއުން ކަމަށްވެސް ނަތަންޔަހޫ ބުންޏެވޗެ. ލުބުނާނާއެކު އިސްރާއީލަށް ސުލްހަ ހެދޭނޭ ކަމަށާއި، ސޫރިޔާއާއެކުވެސް ސުލްހައިގެ ވާހަކަތައް ދެކެވެމުންދާ ކަމަށް ބުންޏެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގައުމުތަކުން ބަލައިގަންނަމުންދާ ދިއުމަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނެފައިވަނީ، އެކަމުގެ ސަބަބުން އިސްރާއީލަށް އިތުރު ހަމަލާތައް ދިނުމަށް މަގުފަހިވުން ނޫންކަމެއް ނުވާނޭ ކަމަށެވެ.

ފަލަސްތީނު ދައުލަތް ގައުމުތަކުން ބަލައިގަތުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، މިއީ ހަމާސްފަދަ ޖަމާއަތްތަކަށް ދެވޭ "އިނާމެއް" ކަމަށްވެސް އޭނާ ތަކުރާރުކުރިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދިޔަ ނުދޭނޭ ކަމަށް ނަތަންޔާހޫ ބުނުމުން، އޯޑިއެންސްގައި ތިބި އެމެރިކާގެ ވަފުދުން އަތްތިލަބަޑި ޖަހާތީ ފެނުނެވެ.

އެމެރިކާއަކީ، ޣައްޒާގައި ހިންގާ ނަސްލުނައްތާލުމާއި، ބަނޑަށްޖެއްސުމުގެ ޖަރީމާ ހިންގުމުގައި އިސްރާއީލަށް އެންމެބޮޑަށް ވާގިވެރިޔާ ގައުމެވެ.

ad