logo

ހޮރުމުޒް ކަނޑުއޮޅި ކައިރިން ފަސް ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހި ގޮވައިފިކަމަށް އީރާނުން ބުނެފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
6 ގަޑިއިރު ކުރިން

ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީގައިވާ "ދަތުރުފަތުރު ކުރުން މަނާ ސަރަޙައްދެއް" ގައި ދަތުރުކުރި ތިން ތެޔޮ ޓޭންކަރެއް، ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި މިއަދު ހެނދުނުން ފެށިގެން އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ދަޢުވާކޮށްފިއެވެ.

އީރާނުގެ ފާރސް ނިއުސް އެޖެންސީން ޙިއްޞާކުރި ބަޔާނެއްގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެ ޓޭންކަރުތަކުން ނެވިގޭޝަން ސިސްޓަމްތައް ނިއްވާލައި، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ދިން އިންޒާރުތަކަށް އިޖާބަދީފައި ނުވާ ކަމަށެވެ. މި ބަޔާން ނެރެފައިވަނީ، އެ ކަނޑުއޮޅިން ދަތުރުކުރި ސުޕަރޓޭންކަރުގެ ދެ ބޯޓެއް ވެސް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އައި.އާރް.ޖީ.ސީ (އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް) ގެ ކަނޑުގެ ލަޝްކަރުން ދަޢުވާކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

އިރާން އަސްކަރިއްޔާއިން ބުނީ ހޮރުމުޒް ކަނޑުއޮޅީގެ ދެކުނު އައްސޭރިފަށާ ކައިރިން ކަނޑުއަޑީގެ މައިންތަކެއްގައި ޖެހުނު ދެ ސުޕަރޓޭންކަރު ގޮވުމާ ގުޅިގެން، އޭގައި ތިބި މީހުން އެ ބޯޓުތައް ދޫކޮށް ގޮސްފައިވާކަމަށެވެ. އީރާނުގެ ނޫސް އެޖެންސީތަކުން ގެނެސްދީފައިވާ ބަޔާނެއްގައި އައި.އާރް.ޖީ.ސީގެ ކަނޑުގެ ލަޝްކަރުން ވަނީ، އެ ކަނޑުއޮޅީގެ "ހުއްދަނެތް ރޫޓްތައް" ބޭނުންކުރާ ނުވަތަ އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތްކުރާ ޓޭންކަރުތަކަށް ދޭ އިންޒާރު ތަކުރާރުކޮށް، އެފަދަ ފަރާތްތަކާ މެދު "ވަރުގަދަ ފިޔަވަޅު އަޅާނެ" ކަމަށް ބުނެފައެވެ.

ad