ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުއްލި ކުއްލިއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް ދަތިވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެޕްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ފައިސަލްގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ހިންގުމަށް ފަސޭހަ ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުންނާ ދޭތެރޭ ވިސްނައިގެން ކުރާ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި މިދިޔަ ސަރުކާރުން ފަށާފައިވާ އަސާސީ ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހުއްޓާލައިފައިވާ ކަމަށާއި، ސަރުކާރުން ކަން ކަން ކުރުމުގައި ގެންގުޅޭ ކުއްލި ސިޔާސަތުގެ ދަށުން ކަންމަތީ ފިހާރައިން ފެށިގެން ރިސޯޓްތަކަށް ވެސް މީގެ ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ކުރިމަތި ކުރަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފައިސަލް ވިދާޅުވީ، ޤާނޫނުތަކާއި މި ސަރުކާރުން ކުޅެމުންދާކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ އޮތް ކަންބޮޑުވުން ހިއްސާ ކުރައްވަމުން ފައިސަލް ވިދާޅުވީ، ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރު ކުރުމަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. ފައިސަލް ވިދާޅުވީ މިއީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމެއް ކަމަށެވެ.
ފައިސަލާއި އާޒިމް ކުރިޔަށް ގެންދެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓިގެ މޭޔަރ އާދަމް އާޒިމްވެސް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.