logo

ޝާހިދުގެ ބަންދަށް، 30 ދުވަސް ޖަހައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ކުރީގެ އެމްޑީގެ ރައީސް ޝާހިދުގެ ބަންދަށް، 30 ދުވަހަށް ޖަހައިފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހ. ރަބީޢީމަންޒިލް / މާލެ، ޢަބްދުﷲ ޝާހިދު (64އ) ހައްޔަރުކުރި ރޭގައެވެ.

ފުލުހުން ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ނޮވެމްބަރު 2، 2026 ވީ ހޯމަ ދުވަހުގެ ރޭ 21:59 ހާއިރުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޝާހިދު ދިރިއުޅުއްވާ އެޕާޓްމެންޓުން ނެރެ ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އެއަށްފަހު ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދުއަށް ޝާހިދު ވަނީ ބަދަލުކޮށްފައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންފައިވާ ޝާހިދު ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ad