ތ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން 6,000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފިއެވެ.
މި ތިން މީހުން ހޯދުމަށް ކުރެވޭ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާއިރު، އެމް.އެން.ޑީ.އެފް އިން ބުނީ ވައިގެ މަގުން 5,212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރުވެސް ބެލިފައިވާ ކަމަށެވެ.
"ފްރެންޑް 4" ދޯންޏަށް ރާޅު އަރައި ދިޔަވަމުން ދިޔައިރު، އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
އެ ވަގުތު ދޯނީގައި 8 މީހުން ތިބި ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފައިވެއެވެ. އޭގެ ތެރެއިން 7 މީހުން ސަލާމަތް ކޮށްފައިވާ ނަމަވެސް، ސިފައިންގެ މީހަކާއި ފުލުހެއް އަދި ދޯނީގެ ކެޕްޓަން އަދިވެސް ދަނީ ގެއްލިގެން ހޯދަމުންނެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވާ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެއެވެ.

.jpg&w=256&q=75)
