ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައިވަނީ، މީސްމީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ޚިކުމަތްތެރި ލީޑަރެއް ކަމަށާއި ޤަތަރުގެ ތަރައްޤީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ޤަތަރު ޝާޚީ ޢާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އަވަހަރާވިއިރު، އުމުރުފުޅަކީ 74 އަހަރެވެ. ޤަތަރުގެ އެންމެ އިސްވެރިޔާ އަމީރުގެ ރަސްމީ އޮފީސް، އަމީރީ ދިވާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހަރާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިއަދު އަވަހާރަވި ޝެއިޚް ހަމަދަކީ ގަތަރުގައި 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަރަހަށް ވެރިކަން ކުރެއްވި، އެގައުމު ޒަމާނީ ފެންވަރަށް ބިނާ ކުރުމުގެ އެންމެ އިސް ދައުރެއް އަދާ ކުރި މޭސްތިރިޔާއެވެ.

