logo

ޤުރުއާނާ ބެހޭ މަރުކަޒުގެ ޅ.ހިންނަވަރު ގޮފި ހުޅުވައިފި

މަރްޔަމް
ދުވަހެއް ކުރިން

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅ. ހިންނަވަރުގައި ހުޅުވައިފި އެވެ.

އެ ގޮފި އިއްޔެ އިފްތިތާޙުކޮށް ދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުލް ޣަފޫރު އަޙްމަދެވެ.

އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ލ .މާވަށް، ގއ. ދާންދޫ އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ ހއ. އިހަވަންދޫ، ށ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކަނޑުހުޅުދޫގަ އެވެ.

ad